ޤަނޫނު ނަންބަރު: 2021/32 (މަދަނީ އިޖުރާޢަތުގެ ޤާނޫނު) އަށް 16 ޖޫން 2022 ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާތީ، މަދަނީ މައްސަލަތަށް ހުށަހެޅުމަށް މިހާރު ބޭނުން ކުރަމުންދާ ފޯމު ބަދަލުވެފައިވާތީ، މި ކޯޓަށް މަދަނީ މައްސަލައެއް ހުށަހަޅުއްވަން ބޭނުންވާފަރާތްތަކަށް، މި ކޯޓުގެ ވެބްސައިޓް (https://th-veymandoo.courts.gov.mv)ގެ ތިރީގައިވާ ލިންކު މެދުވެރިކޮށް އެ ފޯމުތަށް ލިބިވަޑައިގަންނަވާނެކަން އާންމުކޮށް އަންގާ އިއުލާނު ކުރަމެވެ. https://th-veymandoo.courts.gov.mv/downloads
ތާރީހް: 04-07-2022
ޤަނޫނު ނަންބަރު: 2021/32 (މަދަނީ އިޖުރާޢަތުގެ ޤާނޫނު) އަށް 16 ޖޫން 2022 ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާތީ، މަދަނީ މައްސަލަތަށް ހުށަހެޅުމަށް މިހާރު ބޭނުން ކުރަމުންދާ ފޯމު ބަދަލުވެފައިވާތީ، މި ކޯޓަށް މަދަނީ މައްސަލައެއް ހުށަހަޅުއްވަން ބޭނުންވާފަރާތްތަކަށް، މި ކޯޓުގެ ވެބްސައިޓް (https://th-veymandoo.courts.gov.mv)ގެ ތިރީގައިވާ ލިންކު މެދުވެރިކޮށް އެ ފޯމުތަށް ލިބިވަޑައިގަންނަވާނެކަން އާންމުކޮށް އަންގާ އިއުލާނު ކުރަމެވެ.
ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހާފޮޅާ ސާފުކޮށްދޭނޭފަރާތެއް ހޯދުމާބެހޭ
ތާރީހް: 04-07-2022
ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހާފޮޅާ ސާފުކޮށްދޭނޭފަރާތެއް ހޯދުމާބެހޭ:
މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާ އެއްގޮތަށް މި ކޯޓުގެ ޢިމާރާތާއި ގޯތީތެރެ ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މައްލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން މިދަންނަވާ ގަޑިތަކުގައި މި ކޯޓުގައި އޮންނާނެއެވެ.
މައްލޫމާތު ސާފުކޮށްދިނުން: 7 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 11:00
އަންދާސީ ހިސާބު ހުށަހެޅުން: 17 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 11:00
މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަދެންނެވީމެވެ.
5 ޛުލްޙިއްޖާ 1443
4 ޖުލައި 2022
ތާރީހް: 30-06-2022
ކޮޅުމަޑުލް ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓް
ދިޔަމިގިލި
ދިވެހިރާއްޖެ،
ނަންބަރު: N04C-A/IU/2022/1
އިޢުލާން
މިކޯޓްގައި ކުރިޔަށް ގެންދެވޭ މައްސަލަތަކާއި ގުޅިގެން، އަގުކުރުމުގެ މަސައްކަތްތަކަށް އަގުކޮމެޓިގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއެވެ.
މި ދަފްތަރު އެކުލަވާލެވޭނީ 03 އަހަރު ދުވަހުގެ މުއްދަތަށެވެ. މަސައްކަތް ކުރުމުގެ އުޖޫރައެއްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެދުވަހަކު -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ) ދެވޭނެއެވެ.
ވީމާ، ގޯތިގެދޮރާއި ތަކެތި އަގުކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކުން ޝައުގުވެރިވާ ދާއިރާ (މިސާލަކަށް: ވަޑާމުގެ މަސައްކަތް، ފެންވައިރު މަސައްކަތް، ރާނާ ސިމެންތިޖެހުމުގެ މަސައްކަތް، ރަންރިހީގެ މަސައްކަތް، ކަރަންޓުގެ މަސައްކަތް މިފަދައެހެނިހެން މަސްއްކަތްތައް) އެނގޭގޮތަށް، 06 ޖުލައި 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކޯޓަށް ލިއުމަކުން ހުށަހެޅުއްވުން އެދެމެވެ. މިކަމާއި ގުޅެ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް (ރަސްމީގަޑީގައި) މި އިދާރާގެ ނަންބަރު 6780719 އަށް ގުޅުއްވުން އެދެމެވެ.
30 ޖޫން 2022
މަދަނީ ޢިޖުރާޢަތު ޤާނޫނު ނަންބަރު: 32/2021 ގެ 425 ވަނަ މާއްސާގެ ދަށުން 16 ޖޫން 2022 ވަނަ ދުވަހުން ދެށިގެން މިކޯޓުން ޢަމަލުކުރާ "އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ މެޖިސްޓްރޭޓް ކޯޓްގެ މަދަނީ ޢިޖުރާޢަތު ޤަވާއިދު 2022" ޢަންމު ކުރަމެވެ.
ތާރީހް: 30-06-2022
މަދަނީ ޢިޖުރާއަތު ޤާނޫނު ނަންބަރު: 32/2021 ގެ 425 ވަނަ މާއްދާގެ ދަށުން 2022 ޖޫން 16 ވަނަ ދުވަހުން ފެށިގެން މިކޯޓުން ޢަމަލުކުރާ "އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ ޢިޖުރާއަތު ޤަވާއިދު 2022" ޢާންމު ކުރަމެވެ.
ތާރީހް: 27-06-2022
މަދަނީ ޢިޖުރާއަތު ޤާނޫނު ނަންބަރު: 32/2021 ގެ 425 ވަނަ މާއްދާގެ ދަށުން 2022 ޖޫން 16 ވަނަ ދުވަހުން ފެށިގެން މިކޯޓުން ޢަމަލުކުރާ "އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ ޢިޖުރާއަތު ޤަވާއިދު 2022" ޢާންމު ކުރަމެވެ.
ނޯޓު: "އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ ޢިޖުރާއަތު ޤަވާއިދު 2022"ގެ ގެޒެޓް ލިންކު ތިރީގައި ބަޔާންކުރަމެވެ
އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ ޢިޖުރާއަތު ޤަވާއިދު 2022
ޤާނޫނު ނަންބަރު: 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 425 ވަނަ މާއްދާގެ ދަށުން 16 ޖޫން 2022 ން ފެށިގެން މިކޯޓުން އަމަލު ކުރާނެ ގޮތުގެ ގަވާއިދު އާންމު ކުރަމެވެ
ތާރީހް: 27-06-2022
މަދަނީ ޢިޖުރާއަތު ޤާނޫނު ނަންބަރު: 32/2021 ގެ 425 ވަނަ މާއްދާގެ ދަށުން 2022 ޖޫން 16 ވަނަ ދުވަހުން ފެށިގެން މިކޯޓުން ޢަމަލުކުރާ "އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ ޢިޖުރާއަތު ޤަވާއިދު 2022" ޢާންމު ކުރަމެވެ.
ނޯޓު: "އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މަދަނީ ޢިޖުރާއަތު ޤަވާއިދު 2022"ގެ ގެޒެޓް ލިންކު ތިރީގައި ބަޔާންކުރަމެވެ
ތާރީހް: 27-06-2022
އަމިއްލަ ތަކެތީގައި މިކޯޓުގެ ފުރާޅު ޓިނު ބަދަލުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލުން
ތާރީހް: 21-06-2022
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް
ގދ. ނަޑެއްލާ،
ދިވެހިރާއްޖެ،
ނަންބަރު: Q3C-A/2022/3
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މިކޯޓު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރުމަށް ކުރެވުނު މިކޯޓުގެ ނަންބަރު Q3C-A/2022/1 (28.04.2022) އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިއުލާން ބާތިލްކޮށް، ދެވަނަ ފަހަރަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފާރާތްތަކުން ތިރީގައިމިވާ ތާރީޚްގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން ބީލަން ރަޖިސްޓްރީ ކުރެއްވުމަށް 22 ޖޫން 2022 އިން ފެށިގެން 30 ޖޫން 2022 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިކޯޓަށް ވަޑައިގެން ނުވަތަ މެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ބީލަން ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.
ބީލަން ރަޖިސްޓްރީކުރާ ފޯމް މިކޯޓުގެ ކައުންޓަރއިން ލިބެން ހުންނާނެއެވެ. އަދި ތިރީގައިވާ ލިންކްއިން ޑައުންލޯޑް ކުރެވޭނެއެވެ.
ލިންކް:https://gdh-nadallaa.courts.gov.mv/downloadables/Hvgs9R2anK.pdf
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، ބީލަން ހުށަހެޅުމަށް ބަދަލުގައި ޙާޟިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިޔުމެއް އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަން ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6840150 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މިކޯޓުގެ އީ-މެއިލް އެޑްރެސް[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
21 ޖޫން 2022
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓު ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022
ތާރީހް: 15-06-2022
ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 425 ވަނަ މާއްދާގެ ދަށުން 16 ޖޫން 2022 އިން ފެށިގެން ނިލަންދޫ މެޖިސްޓްރޭޓު ކޯޓުން އަމަލުކުރާނެ ގޮތުގެ ގަވާއިދު